Last Updated: June 11, 22:21
Thursday, June 11, 2026
ސިއްހަތު

ކޮކަނަޓް ޕުޑިން

* ބޭނުންވާ ތަކެތި:

2/1 ޖޯޑް ގެރި ކިރު

2/1 ޖޯޑް ކާށި (ގާނާފައި)

2/1 ޖޯޑް ފްރެޝް ކްރީމް

2/1 ޖޯޑް ޗެރީ

1 ޖޯޑް ހަކުރު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ހަކުރާއި ފްރެޝް ކްރީމް ބޯވަންދެން މިކްސަރުން އެއްކޮށްލާށެވެ. އޭގެ ފަހުން ގެރި ކިރާއި ގާނާފައި ހުރި ކާށި އޭގެ ތެރެއަށް އަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ. އަދި އެސެންސް އަޅާފައި ރަހަ ހެޔޮވަރުކޮށް ލުމަށް ފަހު ބޯތަށްޓަކަށް މިކްސް ކުރި އެއްޗެވި ރީތިކޮށް އަޅާލާށެވެ.
އޭގެ ފަހުން އޭގެ މަތީގައި ކުދިކޮށް ކޮށާފައި ހުރި ޗެރީތައް އަތުރާލައި، ފްރިޖްގައި ބަހައްޓައިގެން ފިނި ކުރުމަށް ފަހު ސާވް ކުރާށެވެ.