ސޮނީ ޓީވީގެ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ތިން ވަނަ ސީޒަންގެ ޖަޖުންގެ ޕެނެލުން މަލައިކާ އަރޯރާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.
ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާގެ ބަދަލުއި ޝޯގެ ތިން ވަނަ ސީޒަންގެ ޖަޖުންގެ ޕެނަލުން މި ފަހަރު ފުރުސަތު ދީފައި ވަނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭއަށެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭނަ މިދިޔަ އަހަރު ޒީޓީވީގެ "ޑާންސް އިންޑިއާ ޑާންސް ލިޓްލް މާސްޓާސް" ގެ ޖަޖުކަން ވެސް ކޮށްފައިވާކަމެވެ.
"އިންޑިއާސް ބެސްޓް ޑާންސާ 3" އިން މަލައިކާ އަށް ފުރުސަތު ގެއްލުނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. ޝޯގައި ޖަޖުންގެ ތެރޭގައި ދެން ހިމެނެނީ ކުރިން ވެސް ޕެނެލްގައި ހިމެނެނީ މަޝްހޫރު ކޮރިއޮގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ގީތާ ކަޕޫރެވެ.
މި ޝޯގެ ޕްރޮމޯ ވެސް މިހާރު ސޮނީ ޓީވީން ދައްކަމުން އަންނަ އިރު، އަންނަ މަހުގެ 8 ގައި އޮޑިޝަންތަކާ އެކީ "އިންޑިއާސް ބެސްޓް ޑާންސާ 3" ފަށާނެ އެވެ. މީގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.