Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް ނަޝީދާއެކު ބާއްވާ މާހެފުން މާދަމާ ރޭ

"ފިކުރެއްގެ ދިރުން"ގެ ފަރާތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މާހެފުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:15 ގައި ދޮންމަނިކް ސްކައިވިއުގައެވެ.

ރައީސް ނަޝީދާއެކު ބާއްވާ މާހެފުމުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މީގެކުރިން އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށްފަހުވެސް ރައީސް ނަޝީދުވަނީ ސަޕޯޓަރުންނާއެކު ދޮންމަނިކް ސްކައިވިއުގައި ހަރަކާތެއް ކުރިއަށް ގެންދަވާފައެވެ.

އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީން ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވިއިރު، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ފިކުރެއްގެ ދިރުންގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.

އަދި ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު މަސައްކަތްކުރައްވާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ދެކެވިފައެވެ.