Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިންތިހާބަށް ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް ފަށަނީ

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ކޮމެޓީ އެކުލަވާލާފައި ވަނީ މިނިވަން 10 މުއައްސަސާއަކާއި އަށް ސިޔާސީ ޕާޓީއެއްގެ އިތުރުން ތިން ޖަމްއިއްޔާއަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުން ވެސް ހިމަނައިގެން ކަމަށެވެ. ކޮމިޝަނުން ބުނި ގޮތުގައި ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާތީ ކޮމިޓީގައި އެކުލެވޭ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ދައުވަތު ވެސް ފޮނުވައިފަ އެވެ.

އީސީން ބުނީ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އެންމެންގެ އެއްބާރުލުމާ އެކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކީ ބޭއްވުމެވެ.

އިންތިހާބާ ގުޅޭ ވަރަށް ގިނަ ތައްޔާރީތަކެއް އީސީން އަންނަނީ ދުރާލައި ވަމުންނެވެ.