Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއީގެ ފާޑުކިޔުން މަވޯޓާ އަށް: ތިއީ ވެރިކަމުގެ ފަހުކޮޅު ހުންނަތަން ބަދަލުވާ މީހެއް

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)އަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވައިފިއެވެ.

ރާއީ ފާޑުވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށްލެވޭ ވަރުގެ ބޭފުޅަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ކަމަށް ޝަރީފް ވިދާޅުވުމުންނެވެ.

އެގޮތުން ރާއީ ވަނީ ޝަރީފް އެވާހަކަ މާނަކުރެއްވީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ރައީސް ޔާމީން މިނިވަންކޮށްހުރި ކަމުގައި ވިޔަސް އެމްޑީޕީގެ 2023 ރިޔާސީ ކެނޑިޑޭޓާއި އަޅާ ނުކިޔޭނެެެ ކަމަށެވެ.

"މަނިކުފާނަކީ ކޮންމެ ވެރިކަމެއްވެސް ފަހުކޮޅު ދައްކަވާ ވާހަކަފުޅު ތަކުގެ ރާގާއި ހުންނަވާތަންވެސް ބަދަލުވާ ބޭފުޅެއްކަން ތާރީޙް ހެކިދެއެވެ." ރާއީ ވިދާޅުވިއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެން ކެންޑިޑޭޓަކު އިއުލާނު ކުރައްވާފައިވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީން ބުނިނަމަވެސް އެމަނިކުފާނު ހުންނެވީ ރިޝްވަތު ނެގުމުގެ ކުށާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުުކުމެއްގައެވެ.