އައްޑޫ ހިތަދޫ ސިޓީ ސްކެއާ އަށް ގައުމީ ދިދަ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ސިޓީ ސްކެއާ އަށް ހޯދަނީ 10 ދިދަ އެވެ. އެތަނަކީ ބިޔަ ދިދަ ދަނޑިއެއެއް ބަހައްޓާފައި ހުންނަ ތަނެކެވެ.
ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
ހިތަދޫ ލިންކް ރޯޑުގައި، އެ އަވަށުގެ ޕޮލިސް ސްޓޭޝަން ހުރި ސަރަހައްދުގައި ސިޓީ ސްކެއާ ހެދީ 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށެވެ. ސިޓީ ސްކެއާ އަކީ އައްޑޫގައި މިހާރު އެންމެ ރަނގަޅަށް ބަލަހައްޓާ އަދި ގިނަ ބަޔަކު ހިތްފަސޭހަކޮށްލަން ވެސް ކޮންމެ ދުވަހަކު ޖަމާވާ ތަނެކެވެ.
ސިޓީ ސްކެއާގައި ތަފާތު އެކި ހަރަކާތްތައް ބާއްވަން އެތަން ކައުންސިލުން މިހާރު ކުއްޔަށް ވެސް ދޫކުރެ އެވެ.