Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިމާރާތަކުން ވެއްޓި ކުއްޖަކު މަރުވެއްޖެ

މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. އަދި ކުއްޖާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި ކުއްޖާ ވެއްޓުނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.

ބޮޑެތި އުސް އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭގައި މީގެ ކުރިން ވެސް މިފަދަ ނުކުރައްކާތެރި، ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.