ބަތަލާ މިޝެލް ޔިއޯގެ "އިވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" މިއަދު ބޭއްވި 95 ވަނަ އޮސްކާ އެވޯޑްސްގައި ވެސް ވިދާލައިފި އެވެ.
އެ ފިލްމު 11 ކެޓަގަރީއަކުން ނޮމިނޭޓްވި އިރު، ހަތް އެވޯޑެއް ވަނީ އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު (ޑެނިއަލް ކްވެން)، އެންމެ މޮޅު ބަތަލާ (މިޝެލް)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (ޖެމީ ލީ ކާޓިސް)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ކެ ހޫ ގުއާން)، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިން އެވެ.
The complete list of 95th Oscars winners (updating LIVE). #Oscars95 https://t.co/869N2H4Jc1
— The Academy (@TheAcademy) March 13, 2023
އޮސްކާގެ އުސްއަލިތައް:
* އެންމެ މޮޅު އެކްޓަރު: ބްރޭންޑަން ފްރޭޒާ (ދަ ވޭލް)
* މޮޅު އޮރިޖިނަލް ލަވަ: ނާތު ނާތު (އާރްއާރްއާރް)
* މޮޅު އޮރިޖިނަލް ސްކޯ: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް
* މޮޅު މޭކަޕް/ހެއާ ސްޓައިލް: ދަ ވޭލް
* މޮޅު ކޮސްޓިއުމް: ބްލެކް ޕެންތާ: ވެކަންށާ ފޯއެވާ
* މޮޅު ސިނަމަޓޯގްރަފީ: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް
* މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ވިމެން ޓޯކިން
* މޮޅު ޕްރޮޑަކްޝަން ޑިޒައިން: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް
* މޮޅު ވިޝުއަލް އިފެކްޓްސް: އެވެޓާ: ދަ ވޭ އޮފް ވޯޓާ
* މޮޅު އިންޓަނޭޝަނަލް ފިލްމު: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް (ޖަރުމަން)
* މޮޅު އެނިމޭޓެޑް ފީޗާ: ގްލިމޯ ޑެލް ޓޯރޯސް ޕިނޯކިއޯ
* މޮޅު ޑޮކިއުމަންޓަރީ ފީޗާ: ނަވަލްނީ
"އިވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އަކީ މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްގައި ވެސް އެ އެވޯޑް ގެންދިޔަ ފިލްމެކެވެ.