ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ޓެސްޓް ދަތުރު ބޭއްވުމާ އެކީ ހާއްސަ ފެއާއެއްގެ ދަށުން ދަތުރުކުރެވޭނެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އެއާޕޯޓަށް ބޭއްވި ފުރަތަމަ ޓެސްޓް ދަތުރުގައި މޯލްޑިވިއަންގެ ޑޭޝް8 ގެ ބޯޓެއް އެއާޕޯޓަށް ޖެއްސީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
BOOK NOW!
For additional information and bookings contact us via
Email: [email protected] /MobileApp: MAldivianAero /Website- https://t.co/zZaGBSpDkE pic.twitter.com/OnscCKHCKv— MaldivianAero (@MaldivianAero) March 13, 2023
އަލަށް ތަރައްގީކުރި އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ޓެސްޓް ދަތުރު ބޭއްވުމާ ދިމާކޮށް މި މަހުގެ 16 އާއި 19 ޕްރޮމޯޝަނަލް ފެއާއެއް ކުރިއަށް ގެންދަން ނިންމައި ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެ އެއާލައިނުން ވަނީ މިއަދު ހުޅުވާލައިފަ އެވެ.
އެގޮތުން ވަންވޭ ޓިކެޓެއްގެ އަގަކީ 1,574ރ. އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގަކީ 3،148ރ. އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.