Last Updated: May 19, 10:52
Monday, May 19, 2025
މުނިފޫހިފިލުވުން

ސާރާގެ "ގޭސްލައިޓް" ގެ ޕޯސްޓަރެއް

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ މާޑާ މިސްޓްރީ "ގޭސްލައިޓް" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި އެތައް ހާދިސާއެއް ފެނިގެން ދާނެ އެއްޗެކެވެ ."ގޭސްލައިޓް" ގެ ކާސްޓްގައި ވިކްރާންތު މަސީ އާއި ޗިތުރަންގަދާ ސިންގް ވެސް ހިމެނެ އެވެ. ފިލްމުގެ ޓްރެއިލާ މާދަމާ އާންމުންނަށް ދޫކޮށްލަން ހަމަޖެހިފައިވެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާންގެ 2021 ގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެނެސްދިން ޕަވަން ކިރްޕަލާނީ އެވެ. އަދި ފިލްމު ޕްރޮޑިއުސްކުރީ އެ ފިލްމު ވެސް ޕްރޮޑިއުސްކުރި ރަމޭޝް ތައުރާނީ އެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ.