ގދ. ފަރެސްމާތޮޑާ ގައި ތަރައްގީ ކުރި އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށްވާއިރު މި ފްލައިޓުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
ޓެސްޓު ފްލައިޓު މިއަދު ޖެއްސި ނަމަވެސް އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ. އެގޮތުން މި މަހު 15 ގައި އެއާޕޯޓު ރަސްމީކޮށް ހުޅުވާއިރު، ހަފުތާއަކު ދެ ދަތުރުގެ މަގުން ދަތުރުތައް ފަށާނީ މި މަހު 16 އެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި. މިއަދު 17:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482. މިއީ، ޑޭޝް 8 – 300 މަރުކާގެ ބޯޓެއް. pic.twitter.com/sYaRAkWUJq
— Min.of National Planning, Housing & Infrastructure (@MoNPHImv) March 13, 2023
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމާ ދިމާކޮށް މޯލްޑިވިއަން އިން ވަނީ މި މަހުގެ 16 އަދި 19 ގައި ޕްރޮމޯޝަނަލް ފެއާއެއް ކުރިއަށް ގެންދަން ނިންމައި ޓިކެޓް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން ވަންވޭ ޓިކެޓެއްގެ އަގަކީ 1,574ރ. އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގަކީ 3،148ރ. އެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި. މިއަދު 17:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482. މިއީ، ޑޭޝް 8 – 300 މަރުކާގެ ބޯޓެއް. pic.twitter.com/sYaRAkWUJq
— Min.of National Planning, Housing & Infrastructure (@MoNPHImv) March 13, 2023
ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.