މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ދަ ލިޓްލް މާމެއިޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ކުރިން މީގެ ޓީޒާތަކެއް ވެސް ދައްކާލާފައި ވަނިކޮށް، ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލީ އިއްޔެ ބޭއްވި 95 ވަނަ އޮސްކާ އެވޯޑް ހަފުލާގެ ތެރޭގަ އެވެ. އެގޮތުން މައިގަނޑުގައި ކާސްޓް ކަމަށްވާ އަދި ޓައިޓްލް ރޯލު ކުޅުނު ހެލީ ބެއިލީ އާއި މެލީސާ މެކާތީ ސްޓޭޖް މަތީގައި "ލިޓްލް މާމެއިޑް" ގެ ޓްރެއިލާ ޕްރެޒެންޓްކޮށް ދިނުމެވެ.
Watch and you'll see,
Some day I'll be,
Part of your world!Watch the new trailer for #TheLittleMermaid and see the movie in theaters May 26! pic.twitter.com/Pqg5LLL4cI
— Walt Disney Studios (@DisneyStudios) March 13, 2023
މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މެއި މަހުގެ 26 ގަ އެވެ. "ލިޓްލް މާމެއިޑް" ގެ ކާސްޓްގައި ޖޮނާ ހެޔާ-ކިންގް، ޖޭވިއާ ބާޑެމް، އޯކަފީނާ، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެ އެވެ.
ރޮބް މާޝަލް ޑައިރެކްޓްކުރި މި ފިލްމަކީ ޑިޒްނީން 1989 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމު އަސްލު އެކްޓަރުންނާ އެކީ ގެނެސްދޭ ފުރަތަމަ ފަހަރެވެ.