Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައި ދެއްވާނީ ރައީސް

އިއްޔެ ޓެސްޓް ފްލައިޓް ޖެއްސި ގދ. ފަރެސްމާތޮޑާ އެއާޕޯޓް މާދަމާ ރަސްމީކޮށް ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ޕްލޭނިން މިނިސްޓްރީ ބުނީ އެކަމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ޓެސްޓް ފްލައިޓް ބޭއްވީ އިއްޔެ ހަވީރު އެވެ. އެ ދަތުރުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގދ. އަތޮޅުގައި ތަރައްގީކުރި ތިން ވަނަ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެތަން މާދަމާ ރަސްމީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މޯލްޑިވިއަނުން މިހާރު ވަނީ މި މަހުގެ 16 އާއި 19 އަށް ހާއްސަ ޕްރޮމޯޝަނަލް ފެއާއަކަށް ވެސް ހުޅުފައިވަ އެވެ. އޭގެ ދަށުން އެއްކޮޅު ޓިކެޓެއް 1،574ރ. އަށް ވިއްކާ އިރު، ރިޓާން ޓިކެޓެއްގެ އަގަކީ 3،148ރ. އެވެ.

ތަފާތު ޑިޒައިނަކަށް ޓާމިނަލް ހަދާފައިވާ ފަރެސްމާތޮޑާ އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭގެ އެއާޕޯޓެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.