މާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ބްރިޖް އެއާޕޯޓް ލައިޓް ކައިރިން ޕޮލިސް ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.