Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޗައިނާގެ އެހީގައި "ސްމާރޓް ސްޓްރީޓްލައިޓް" މަޝްރޫއެއް

މާލެސިޓީ ކައުންސިލުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއިއެކު މާލެސިޓީގައި "ސްމާރޓް ސްޓްރީޓްލައިޓް" މަޝްރޫއެއް އިފްތިތާހު ކޮށްފިއެވެ.

ހޯމަ ދުވަހު އާރޓިފިޝަލް ބީޗް ސަރަޙައްދުގައި މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިސްޓަރ މަރ ޒުއޮޒިންއެވެ.

މި މަޝްރޫޢުގެ ދަށުން އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ވަނީ ޖަހާފައެވެ. މާލެސިޓީ ކައުންސިލުން ބުނެފައިވަނީ އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައި ކަމަށެވެ. އެއަށްފަހު އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެ ކަމަށެވެ.

ފޮޓޯ: މާލެސިޓީ ކައުންސިލް

"ސްމާރޓް ސްޓްރީޓް ލައިޓް"ގެ ތަފްސީލު ދެއްވަމުން މޭޔަރ މުއިއްޒު ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް، އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވަރމަންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއްކަމަށެވެ.

މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުޢާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.