Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެސްތިމާރު އިން ރާއްޖޭގައި އިތުރު ރިސޯޓެއް

ރާއްޖޭގެ މިހާރުގެ އެންމެ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވެސް ތަރައްގީކުރި
ގަތަރުގެ އިންވެސްޓްމަންޓް ކުންފުނި، އެސްޓިމާރް ހޯލްޑިން އިން އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން ނިންމައިފި އެވެެ.

މިއީ 343 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

އެސްތިމާރްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރޯޔަލް ރިސޯޓްސް އިން އަލަށް ތަރައްގީކުރާ ރިސޯޓު އޮޕަރޭޓްކުރާނީ އަލްޓްރާ-ލަގްޒަރީ ބްރޭންޑް، ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. ފަސް ތަރީގެ އެ ރިސޯޓްގައި ޕްރައިވެޓް ޕޫލް ވެސް ހިމެނޭ ގޮތަށް 120 ބީޗު ވިލާ އާއި މޫދު ކޮޓަރި ހުންނާނެ އެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކާއި ބީޗު ކްލަބަކާއި ވެލްނަސް ފެސިލިޓީއެއް ވެސް ރިސޯޓްގައި ހުންނާނެ އެވެ.

މި ރިސޯޓް ހުޅުވަން ޕްލޭންކޮށްފައި އޮތީ 2025 ގެ ކުރީކޮޅު އެވެ.