Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ރާއްޖެ އައި ޓޫރިސްޓުން ހަތަރު ލައްކައިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 އާ ހަމައަށް ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 471،070 އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، 25 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުންނަށް 10 ގައުމަށް ބަލާ އިރު، އަހަރު ފެށުނީއްސުރެ އެއް ވަނައިގައި އޮތީ ރަޝިއާ އެވެ. އަދި ދެވަނައިގައި އިންޑިއާ އޮތް އިރު، ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ކުރިން ގަދަ ތިނެއްގައި އޮޮތް އިޓަލީ މިހާރު އޮތީ ހަތަރު ވަނައިގައި އެވެ.

ދެން އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކަކީ ޖަރުމަން، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ.

ރާއްޖޭން މި އަހަރު އަމާޒު ހިފާފައި އޮތީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެގޮތުން ރާއްޖެ ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަޓީބީގައި ވެސް މިދިތަ ހަފުތާގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.