Last Updated: May 3, 09:10
Saturday, May 3, 2025
މުނިފޫހިފިލުވުން

ކްރިތީގެ ކޮއްކޮ ނުޕޫރް ވެބް ސީރީޒަކުން

ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން ވެބް ސީރީޒަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަކްޝޭ ކުމާރާ އެކީ ކުރިން ދެ ވީޑިއޯއެއް ލަވައެއް ކުޅެފައިވާ 27 އަހަރުގެ ބަތަލާގެ ވެބް ސީރީޒަކީ އަންނަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ޕޮޕް ކޯން" އެވެ. ވަރަށް ތަފާތު ގޮތަކަށް ހަދާފައިވާ މި ކޮމެޑީ ސީރީޒަކީ ނުޕޫރްގެ ދައްތަ ކްރިތީގެ ފިލްމުތައް ކަމަށްވާ "ބައްޗަން ޕާންޑޭ" އާއި "ހައުސްފުލް 4" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ހަދާފައިވާ އެއްޗެކެވެ.

"ޕޮޕް ކޯން" ގެ ކާސްޓްގައި ކުނާލް ކޭމޫ، ޖޯނީ ލީވާ އާއި އޭނަގެ ދަރިފުޅު ޖެމީ ލީވާ އާއި ސޯރަބް ޝުކްލާ އާއި މި ހަފުތާގައި މަރުވި އެކްޓަރު ސަތިޝް ކޯޝިކާއި ޗަންކީ ޕާންޑޭ އަދި ރާޖްޕަލް ޔާދަވް ފަދަ ފަންނާނުން ހިމެނެ އެވެ.

ނުޕޫރް ބުނީ މި ސީރީޒަށް އެއްބަސްވީ ސްކްރިޕްޓް ކިޔާލި އިރު، އެއާ މެދު ގަޔާވިލެއް ބޮޑުކަމުން ކަމަށާއި މިއީ ބެލުންތެރިން ހަބޭހަށް ހެއްވައިލާނެ އެއްޗެއް ކަމަށެވެ.