ގއ. ކޮލަމާފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަލިފާން ނިއްވާލުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ގއ. ކޮލަމާފުށީގައި ޕްރިންޓް ކުރުމަށް ބޭނުންކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް ސާފެއް ނުވެއެވެ.