Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މިލަންދޫ ގޮނޑުދޮށުގެ ހިމާޔަތަށް ބޮޑުހިލަ ގެންގޮސްފި

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.