Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ރޯދަ މަހު ކެފޭތައް ދަންވަރު 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

މާލޭގައި ހިންގާ ކެފޭ އެއް: ފޮޓޯ / މިހާރު

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ފިހާރަތައް ދަންވަރު 1 ޖަހަންދެން އަދި ކެފޭ/ރެސްޓޯރެންޓްތައް ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު އެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެ ގޮތަށް އަމަލު ކުރަމުން ގެންދިއުމަށް އެދިފަ އެވެ.

މީގެއިތުރުން މާދަމާއިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.