Last Updated: April 19, 11:10
Friday, April 19, 2024
ޚަބަރު

ސްޕޯޓްސް އެވޯޑަށް ކަނަވާރޯ ރާއްޖެ އަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް އިޓަލީގެ ފުޓްބޯޅަ ލެޖެންޑް، ފަބިއޯ ކަނަވާރޯ ރާއްޖެ އަތުވެއްޖެ އެވެ.

ކަނަވާރޯ ،49، ރާއްޖެ އައުމުން މަރުހަބާ ކިޔާފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

2006 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އިޓަލީ ޓީމުގެ ކެޕްޓަންކަން ކުރި ކަނަވާރޯ ވަނީ 2006 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު ވެސް ހޯދާފަ އެވެ.

ކަނަވާރޯ ވަނީ އޭނާ ކެރިއަރުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑާއި، ޔުވެންޓަސް، އިންޓަ މިލާން އަދި ނަޕޯލީ ފަދަ ކްލަބުތައް ފާހަގަކޮށްލެވެ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކަނަވާރޯ ކޯޗިން ދާއިރާގައި މަސައްކަތް ކުރަން ފެށިއިރު އޭނާ އެންމެފަހުން ކޯޗަކަށް ހުރީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބެނެވެންޓޯގަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފްލާ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ވެސް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެ އެވެ.