Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

މަރަދޫފޭދޫން ވިޔަފާރި އަށް ކުއްޔަށް ބިން ދެނީ

އައްޑޫ މަރަދޫފޭދޫން އާންމު ވިޔަފާރި އަށް ބިންތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އަވަށުން ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ހަތަރު ބިމާއި 2،500 އަކަފޫޓްގެ ބިމެކެވެ. މި ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބިލަމުގައި ބައިވެރިވާން ރަޖިސްޓްރީކޮށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަމްބަރު 6885003 އިން ހޯދޭނެ އެވެ.