ރާއްޖެ އާއި ގާނާގެ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދެވެ. ގާނާ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝަރްލީ އަޔޯރްކޯ ބޮޗްވީ އެވެ.
Proud to sign two key agreements with #Ghana on bilateral consultations & visa waiver today, which will boost bilateral & people-to-people ties between 🇲🇻&🇬🇭.
Look forward to further collaborating with Foreign Minister @AyorkorBotchwey on enhancing our relations with Ghana. pic.twitter.com/f9wWxnEpSF
— Abdulla Shahid (@abdulla_shahid) March 14, 2023
މި ދެ އެއްބަސްވުމުގެ ދަށުން ވިސާގެ ކަންކަން މިހާރަށް ވުރެ ފަސޭހައިން ހަމަޖެއްސުމާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށް ދޭނެ އެވެ. އެއްބަސްވުންތައް އެކުލަވާލެވިފައި ވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ވިސާގެ ލުއި ފަސޭހަތަކާއެކު ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ގާނާއާ އެކީ ރާއްޖޭން ސިޔާސީ ގުޅުން ގާއިމުކުރީ އޮގަސްޓް 10، 1989 ގަ އެވެ.