އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާނެ އެޖެންސީއެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށް، އެ މީހުންގެ ވޯކް ޕާމިޓް/ވިސާގެ އެންމެހާ ކަންކަން ބަލަހައްޓައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކުރަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށެވެ.
ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
ކައުންސިލުން ބުނީ ބީލަންތައް ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 5 ގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ. ބީލަން ހުށަހެޅޭނީ ބިދޭސީން ރެކްރޫޓްކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ.