Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ޕީޕީއެމް ލީޑާޝިޕުން ޔާމީނަށް ފޮނުވި ނޯޓު ވީދާލައިފި

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަބްދުއްރަހީމް އަބްދުالله - ފޮޓޯ: ސަން

ޕީޕީއެމްގެ ލީޑާޝިޕުން ރިޔާސީ އިންތިހާބާ ގުޅިގެން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ނޯޓެއް އެމަނިިކުފާނު ވީދާލާފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ލީޑާޝިޕުން ޔާމީނަށް ފޮނުވި ނޯޓުގައި އެދިފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އަމަލުކުރާނޭ ގޮތުގެ ލަފައަކަށެވެ. މި ނޯޓު ވިދާޅުވުމަށްފަހު ޔާމީން އެ ނޯޓު ވީދާލާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

އެހެންނަމަވެސް މި ވާހަކަތައް ޕީޕީއެމްގެ ލީޑާޝިޕުން ވަނީ ދޮގު ކޮށްފައެވެ.

ޕީޕީއެމުން އަބަދުވެސް ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ ނުހައްޤު ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.