އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކައިވެނި އަގުދުކޮށްދޭނެ ތިން މައުޒޫނުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ކޯޓުން ބުނީ އެ މަގާމަށް ތިން މީހަކު ކޮންޓްރެކްޓް އުސޫލުން ބޭނުންވާ ކަމަށެވެ. އެހެންވެ މައުޒޫނުންގެ ގޮތުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ އަދި އެކަމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުން 6880008 ސާފު ކުރެވޭނެ އެވެ.
ހިތަދޫ ކޯޓުން ބުނީ މައުޒޫނުންގެ ގޮތުގައި ނަގާ މީހުންނާ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް ކޯޓުން ކޮށްދޭން ޖެހޭ ކައިވެނިތައް ކޮށް ދޭން ހަވާލުކުރެވޭނެ ކަމަށެވެ. އަދި ކޮށްދޭ ކޮންމެ ކައިވެންޏަކަށް 250ރ. ލިބޭނެ އެވެ.