Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އެމްޑީޕީގެ ޓީމުތައް ނ. އަދި ތ. އަތޮޅަށް

އެމްޑީޕީގެ ޓީމު ގދ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން- ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޓީމުތައް ރަށްތަކަށްކުރާ ކުރާ ދަތުރުގެ ތެރެއިން ނ. އަދި ތ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރު ފަށައިފިއެވެ.

މިފަހަރުގެ ދަތުރުގައި ނ. އަދި ތ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީން އަތޮޅުތަކުގެ ރަށްތަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް އެ މެންބަރުންގެ ހިޔާލާއި މަޝްވަރާ އަންނަނީ ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން އެމްޑީޕީގެ ޓީމުތައް ދަތުރުކޮށްފައިވަނި ހއ. އަދި ގދ. އަތޮޅުގެ ރަށްތަކަށެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އިންތިހާބަށް އަދި ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އެމްއާރްއެމްއިން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.