Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

އެޗްޑީސީން ވައްކަންކުރި މުވައްޒަފަކު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ މުވައްޒަފަކު އެ ކުންފުނީގެ ތިޖޫރީން 200،000ރ. ވަގަށް ނެގި މައްސަލައެއްވައި ވަޒީފާ އިން ވަކިކޮށްފި އެވެ.

ކުންފުނީގެ ތިޖޫރީން ވައްކަންކުރަމުން ދިޔަކަން ފާހަގަކުރެވުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަން ފަޅާއެރީ، ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް މީހުން ކުއްޔަށް ދައްކާ ދައްކާ ފައުސާ، ކުލި ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން އެ މީހުންނަށް ނޯޓިސް ފޮނުވުމުން އެ މީހުން ޝަކުވާ ކުރަން ފެށުމުންނެވެ.

އެޗްޑީސީން ބުނި ގޮތުގައި މުވައްޒަފު ވަގަށް ނެގި ފައިސާތަކުގެ ތެރޭގައި ފޭސް އެކެއްގެ ބައެއް ފްލެޓްތަކުގައި އުޅޭ މީހުން އެޗުޑީސީގެ ކައުންޓަރަށް ނަގުދު ފައިސާ އިން ދެއްކި ކުލީގެ އިތުރުން، އެހެން ބައެއް ގޮތް ގޮތުން އެ ކުންފުންޏަށް ދައްކާފައިވާ ފައިސާ ވެސް ހިމެނެ އެވެ. އެހެންވެ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
މިމްރާހު ވިދާޅުވި ގޮތުގައި:

އެޗުޑީސީގެ މުވައްޒަފަކު ކުންފުނީގެ ތިޖޫރީން ވައްކަން ކުރި މައްސަލަ ފަޅާއެރި އިރު، ކުންފުނީގެ އެހެން މުވައްޒަފަކު ރިޝްވަތުގެ ގޮތުގައި 1 މިލިއަން ރުފިޔާ ނަގައިގެން އަމިއްލަ ފަރާތަކަށް ކ. ތިލަފުށިން ވަގަށް ބިމެއް ވިއްކި މައްސަލައއް ވެސް ފެންމަތިވެފައިވެ އެވެ.