Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ނަޝީދުގެ އާ ފޮތް ހޯމަ ދުވަހު ނެރެނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ތާރީހީ އާ ފޮތް "ކިއްލާ މާލޭ" އަންނަ ހޯމަ ދުވަހު ނެރެން ނިންމައިފި އެވެ.

އޯޝަން ޕަބްލިޝާސްގެ ތައްގަނޑުގައި ނެރޭ ފޮތް ނެރުމަށް ހޯމަ ދުވަހުގެ ރޭ 8:15 ގައި ގައުމީ ޔުނިވަސިޓީގައި ހާއްސަ ހަފުލާއެއް ބާއްވަން ހަމަޖައްސާފައިވެ އެވެ.

"ކިއްލާ މާލޭ" ނެރުމުގެ ހަފުލާ އަށް ދައުވަތު ދެއްވައި ނަޝީދު އާންމުކުރެއްވި ނޯޓިހެއްގައި ވިދާޅުވީ މި ފޮތަކީ ފުރަމާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭ ގޮތުން އެ މަނިކުފާނު ކުރެއްވި އާ ދިރާސާއެއް ކަމަށެވެ. މި ފޮތުގައި ކުރީގެ ހާލަތު ދައްކުވައިދޭ ކުރެހުންތަކެއް ވެސް ހުންނާނެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ކުރިން ވެސް ފޮތްތަކެއް ނެރުއްވާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުއްވި ފޮތަކޫ 2020 ގެ "ދެ ރަދުން" އެވެ. މީގެ އިތުރުން 2018 ގައި އެއްބަސްވެވޭ އިންގިލާބު" އަދި 1996 ގެ "ދަގަނޑު ދަހަނާ" ގެ ނަމުގައި ވެސް ފޮތެއް ނެރުއްވި އެވެ. އަދި 1953 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.