އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ރޭގެ ފުރަތަމަ މެޗްގައި ބިންގޯ އެފްސީ އާއި ފްރެންޑްސް ކްލަބް ބައްދަލު ކުރި މެޗް 6-1 ލަނޑުން ފްރެންޑްސް ކްލަބް މޮޅުވެއްޖެއެވެ.
ރޭގެ މެޗްގައި ފްރެންޑްސް ކްލަބަށް ލަނޑު ޖަހައިދިނީ ހަސަން އައްސާން ލަބީބް އާއި މުހައްމަދު ރިއްފަތުގެ އިތުރުން މިފްޒާލް ލަޠީފްއެވެ. ރިއްފަތު 3 ގޯލް ޖެހި އިރު އައްސާން ވަނީ ދެ ގޯލް ޖަހާފައެވެ.
ބިންގޯއިން ޖެހި ހަމައެކަނި ލަނޑު ޓީމަށް ކާމިޔާބް ކޮށްދިނީ މުހައްމަދު ސައީދުއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވޮފައިވަނީ ފްރެންޑްސް ކްލަބަށް 3 ލަނޑު ޖަހައިދިން ރިއްފަތުއެވެ.
ރޭގެ ދެވަނަ މެޗްގައި މާކަރީ ޔުނައިޓެޑް އަދި ޔުނައިޓެޑް ފްރެންޑްސް ބައްދަލު ކުރި މެޗް 1-0 ލަނޑުން ކާމިޔާބް ކުރީ މާކަރީ ޔުނައިޓެޑްއެވެ. މެޗްގެ ހަމައެކަނި ލަނޑު ޖަހައި މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ މާކަރީގެ ވާސިއު އަބްދުﷲއެވެ.
ރޭގެ ފަހު މެޗް އެމްއެންޑީއެފް ސަދަން ވޮރިއާސް އާއި ޔަންގް ވަންސް ބައްދަލުކުރި މެޗް 1-1 ލަނޑުން ވަނީ އެއްވަރުވެފައވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެމްއެންޑީއެފްއިންނެވެ. ނަމަވެސް މެޗް ނިމެން ދަނިކޮށް ޔަންގް ވަންސްގެ ހުސެއިން ނާޒިމް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ވަންސްގެ ހަސަން ނާޒިމްއެވެ.
މިރޭ ކުޅޭ މެޗްތައް:
21:30 އެފްސީ ޒެފިއާ- ކްލަބް މަރަދޫ
22:30 މަލްޓީ ޖީނިއަސް- އީ ސްޓޯން
23:30 ޒިލޮޓް- ޓީއެފްޓީ ވޮރިއާސް