Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(ޖުލައި 8 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)

"އަޅުގަނޑުވެސް ފުރާނަން"

އުލްފަތު މިހެންބުނުމުން ޔާސިރު ހިމޭންވެލިއެވެ. އެކަމަކު ހީނާރަނގަޅަށް ހުރެއްޖެއްޔާ އޭނާ ބުނާނީ އަހަރެމެންނަކީ މޮޔައިންނޭ ހަމަ ކަމަކާ ނުލާއޭނާއާއި މެދު ކަންބޮޑުވީޔޭ

"އިހަށް މަޑުކުރޭ އަހަރެންގޮސް ބަލާފަ އަހަރެން އަންގާނަން ހަދަންވާގޮތް"

"އަހަރެންނަށް ހީވަނީ މީހުންނަށް ނޭނގުނީ އޭނނާ މޭކަޕް ނުކޮށް ހުރީމާ ކަންނޭނގެ. މޭކަޕާ ނުލާ ހީނާ ހުންނާނީ ވަރަށް ތަފާތުކޮށް ވަރަށް ސާދާކޮށް. އެއީ ކަންނޭނގެ ގިނަމީހުންނަށް އޭނާ ނޭގުނު ކަމަކީވެސް"
"ދެން އުލްފަތުއަށް ހަމަސާބަަަސް ކޮންމެ ބަޔަކު އެހާގަމާރު ވެދާނެޔޭ ހީވަނީތަ؟ އެހެންނޫނަސް ހީނާއަކީ ނުލާހިކު މަޝްހޫރު ފިލްމީ ތަރިއެއް."

"އަޅުގަނޑަށް ވެސް ހީވަނީ ކަލާތިޔަވިދާޅުވަނީ ހަޤީޤަތެއްހެން"

ހީވަނީ އެދެމީހުން ދެމީހުންނަށް ވިސްނާދޭން އުޅުނު ހެންނެވެ. އެހެނަސް…

"އަހަރެންނަށް ހީވަނީ އަހަރެންނަށް ދެވޭނީ މިއަދު މެންދުރު ފަހު ފުލައިޓުން ކަންނޭނގެ"
ޔާސިރު އަނެއްކާވެސް އުލްފަތު ކާރީ ބުނެލިއެވެ.

"އަދި އަހަރެންނަށް ކަމެއްއޮޅުންފިލާނީ ދެގަޑިއެއްހާއިރު ފަހުން ކަންނޭނގެ ދަތުރުގެ ދިގުމިނަށް ބަލާފަ. އަހަރެން އެއަރޕޯޓުން ހޮޓަލަށް ނުގޮސް ދާނީ ހޮސްޕިޓަލަށް. އަދި ފުރުސަތު ލިބުނުހާ އަވަހަށް އެތާ އޮތީ ކޮންގޮތްނޭގޭ އަންހެއްތޯ ބަލާނަން"
"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑަށް ގުލުއްވާތި އަޅުގަނޑު އިންތިޒާރު ކުރާނަން. އަދި އަޅުގަނޑުގެ މޮބައިލް ފޯނު ބާއްވާނީވެސް އަޅުގަނޑުގެ އަތުގައި" އުލްފަތު ޔާސިރުއަށް އުލްފަތުގެ މޮބައިލް ނަމްބަރު ދިނެވެ. ފަހަރުގަ ލޭންޑް ފޯނުން ނުގުޅުނު ހާލަތުގައި ގުޅާލުމަށެވެ. ޔާސިރު ކޮންމެ ގޮތެއްގަ ކަންތައްދިމާވިޔަސް އުލްފަތުއަށް ގުޅާނަންކަމަށް ވަޢުދު ވިއެވެ. އަދި އެކަމަކު ކުދިން ކާރީ އެއްވެސް ވާހަކައެއް ނުބުނުމަށް ޔާސިރު އުލްފަތު ކާރީ ބުންޏެވެ.

ފޯނު ބޭއްވުމަށްފަހު ޔާސިރު އަވަހަށް ޓެކްސީއަކަށް ގުޅައިގެން އޮފީހުން ބޭރަށް ނިކުތެވެ. ކަންތައް ދިމާވީވެސް ވަރަށް ރަގަޅަށެވެ. ޓެކްސީވެސް އެހާއަވަހަށް އައެވެ. ޓެކްސީގައި އޭނާދިޔައީ އޭނާ އުޅޭ އެޕާޓްމަންޓަށެވެ. ޓެކްސީ ބޭރުގަ މަޑުކުރުމަށް ބުނެފަ އޭނާ ކޮޓަރިއަށްވަދެ ހަލުއިކޮށް އޭނާގެ ދެތިން ހެދުން ދަބަހަށް ވަށްޓާލިއެވެ.

އޭރު ގަޑީން ދޭއްޖަހަނީއެވެ. ފުަލައިޓް އޮތީ ހަވީރު ހައެއް ޖަހާއިރު އެވެ. ފާއިތުވަމުން ދާކޮންމެ ގަޑިއިރެއް އޭނާއަށް ވަރަށް ގިނަ ވަގުތު ކަމުގައި ހީވިއެވެ.

ފުލައިޓަށް އެރުމާއެކު އޭނާއަށް ހީވީ މުޅިދުނިޔެމައްޗަށް މާބޮޑު ހިމޭންކަމެއް އައިހެންނެވެ. މިއަދު އޭނާ ލަންކާއަށް އެދަނީ ކޯމާއެއްގަ ވާ އަންހެނަކު ބާލާލާށެވެ. ﷲ އިރާދަ ކުރެއްވީޔާ އެއީ ހީނާއަކަށް ނުވާނެއެވެ. އޭނާ ހިތާ ހިތާ ދުޢާކުރަމުންދިޔައެވެ. ލޯމަރައިގެން އިންއިރު ވަށައިގެންވާއެއްވެސް ކަމެއް އޭނާއަށް އިޙްސާސްވެސް ނުވާކަހަލައެވެ. އެއަންހެނާއާއި މެދު އޭނާގެ ހިތުގައި އަދިވެސް ލޯބިވަނީ ކީއްވެބާވައެވެ.

މިހާރު އެމީހުން ވަރިވިފަހުންވެސް 18 އަހަރު ވީއެވެ. އަދިހީނާ އާއި ނުލާ އޭނާ މިހޭދަ ކުރި 14 އަހަރަކީ އޭނާގެ ޙަޔާތުގެ އެންމެ ބޮޑު ކުށްކަމުގައި އޭނާ ހީކުރެވުނެވެ. އޭނާ އެދުވަހު ހީނާ ދޫކޮށްލީ ރާއްޖެއިން ބޭރު އަންހެންކުއްޖާއަށްޓަކައެވެ، އޭނާ އެކުއްޖާދެކެ އިންތިހާއަށް ލޯބިވެވުނީއެވެ. އެއީ ލަންކާގައެވެ. އެދުވަސްވަރަކީ ހީނާވެސް އޭނާގެ ޙަޔާތުގެ އެންމެ ގިނަ ފިލްމުތަކުން ފުރުސަތު ލިބި ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެވެ.

އޭރު އަހަރަކު ތިންފިލްމުވެސް ހީނާ ނިންމާލައެވެ. ކޮންމެ ވަގުތަކުވެސް ހީނާއުޅުނީ ފިލްމު ކުރޫންނާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފިލްމު ޕުރޮމޯޝަން ކުރުމަށެވެ. ކުދިންބަލަން ގޭގަ ހުރީ އޭނާއެވެ. އޭނަ އޭރު އެއްވެސް ވަޒީފާއެއް އަދާނުކުރެއެވެ. ކުދި ކުދި މަސައްކަތް ކޮށްގެން މަދު ލާރިކޮޅެއް އޭނާއަށް ލިބެއެވެ އެކަމަކު އެއީ ހީނާއަށް ލިބޭއެއްޗަކާ ބަލާފަ ލަދުވެތިވާންޖެހޭ އެއްޗެކެވެ. ދެއަހަރުތެރޭ ފިލްމީދުނިޔެއިން މުޅި ރާއްޖެއިން ހީނާ އެއްވަނަ ހޯދިއެެވެ. އެކަމަކު އޭރު އޭނާ ވަނީ ހީނާ ވަރިކޮށްލާފައެވެ. ހީނާއާއި މެދު އޭނާގެ ހިތުގައި ހަސަދަ ވެރިކަމެއް އުފެދުނީއެވެ.

އެކަމަކު ހީނާއަކީ ވަފާތެރި އަންބެކެވެ. އޭނާއަށް މިކަން އިޙްސާސްވިއިރު ވަގުތުވަނީ ފާއިތުވެފައެވެ،އޭނާގެ މޮޔަކަމުން އަމިއްލައަށް ކޯޓަށްގޮސް އޭނާ ހީނާވަރިކުރީއެވެ. އޭރު ނަތާލިޔާ ކިޔާއަންހެން ކުއްޖަކުވެސް އޭނާއާއި ހެދީ ދީވާނާ ވަމުން އުޅުނެވެ. އޭނާއަށްއިހްސާސްވީ ހީނާ ނޫނަސް އޭނާއަކީވެސް ކާމިޔާބު މީހެއްކަމެވެ. އެކަމަކު މިއަދު ހީނާވަނީ ހީނާއަކީ ކާމިޔާބު އަންހެނެއްކަން މުޅިދުނިޔެއަށް ހާމަކޮށްދީފައެވެ.

ހީނާވަރިކުރުމަށްފަހު ގަލަމުން ދެލި ނުހިކެނީސް އޭނާ ނަތާލިޔާއާއި ކާވެނި ކުރިއެވެ. ހީނާއަށް ގޮންޖެހުމަށެވެ. ކައިވެންޏަށް އަހަރެއް ވީތަނާ ނަތާލިޔާ އެއްމާބަނޑު ދެއަންހެން ކުދިން ވިހެއީއެވެ. އަދި ޔާސިރުއަށް ބޭވަފާތެރިވެފަ ފައިސާއޮތް މުއްސަނދި މީހެއްގެ ފަހަތުން ކުދިން ކޮޅު ގޮވައިގެން ޔާސިރު ދޫކޮށް ފިލައިގެން ދިޔައީއެވެ.

އޭގެ ފަހުންވެސް ނަތާލިޔާ ދެކައިވެނީ ކުރިއެވެ. މިހާރު އެންމެފަހުން ހޮންގްކޮންގެ ބޮޑުވިޔަފާރި ވެރިޔަކާ އިނދެގެން ކުދިންވެސް ގޮވައިގެން އުޅެނީ ހޮންގްކޮންގަ އެވެ. ގިނަފަހަރަށް ޔާސިރު އަށް އޭނާގެ ކުދިން ދައްކާވެސް ނުލައެވެ. އޭނާގެ ޙަޔާތް ބަރުބާދު ކޮށްލިމީހަކީ ނަތާލިޔާއެވެ. އޭނާ ލޮލުން އައިސް ހުރި ކަރުނަ ފޮހެލިއެެވެ.

އޭގެ ފަހުން އަހަރެއްގެ ތެރޭ ހީނާދެކުދިންގޮވައިގެން ރާއްޖެ ބަދަލުވީއެވެ. ރާއްޖެ ބަދަލުވުމަށްފަހު ހީނާއައްޑުއަށް އެއްކޮށް ދިރިއުޅުން ބަދަލު ކުރިއެވެ.