ސަރުކާރުގެ 25 ޕަސެންޓް އެމްއާރްއެމަށް ދޭ ގޮތަށް ކޯލިޝަން ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެމްޑީޕީއާ އެކީ އެމްއާރްއެމުން ކޯލިޝަން އާކުރަން ރައީސް ދެއްވި ދައުވަތުގެ ތެރެއިން އިއްޔެ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ބައްދަލުކުރައްވާފައި ވަނިކޮށް މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމްއާރްއެމަކީ މިހާރު 25 ޕަސެންޓް ދޭ ވަރުގެ ޕާޓީއެއް ނޫންކަން އެ ޕާޓީ ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
MRM ah 25% dheegen coalition hedhumuge evves beynumeh nei . Ekan MRM in ves gaboolu kuran jeheyne. MRM akee Adhaalathah vuren ves size kuda party eh
— Ibrahim Shareef (@AdduShareef) March 19, 2023
"އެއީ] އަދާލަތު ޕާޓީ އަށް ވުރެ ވެސް ސައިޒު ކުޑަ ޕާޓީއެއް." ގާނޫނުގައި ބުނާ މިންވަރު ކަމަށްވާ 3،000 މެމްބަރުން ދެމެހެއްޓުމުގެ މައްސަލަ ވެސް ދޭތެރެ ދޭތެރެ އިން ކުރިމަތިވަމުންދާ އެމްއާރްއެމާ ބެހޭ ގޮތުން މަވޯޓާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ 2018 ގައި އެމްއާރްއެމަށް 25 ޕަސެންޓް ދިނަސް އެ ޕާޓީގައި މިހާރު އެ ސައިޒެއް ނެތް ކަމަށެވެ.
"އެމްއާރްއެމުން ބުނާ ކަށަވަރު ކަމެއް ދޭނެ ގޮތެއް އޮންނާނެ ހެނެއް ހިއެއް ނުވޭ. ސަރުކާރުގެ ފަންސަވީސް ޕަސެންޓް ދީގެން ދެހާސް އަށާރައިގައި ކޯލިޝަން ހެދިޔަސް މިއަދު އެ ޕާޓީގެ އެ ސައިޒެއް ނެތްކަން ފެންނަން އެބައޮތް،" މަވޯޓާ ވިދާޅުވި އެވެ. "ވީމަ ކޮންމެވެސް ގޮތަކަށް ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަން އެބަ ޖެހޭ. ދިގު ދަންމާނެ ވަގުތެއް ނެތް."
MRM in bunaa kashavaru kameh dheyne gotheh onnaane heneh hiyeh nuveyey. Sarukaaru ge 25% dheegen 2018 ga coalition hedhiyas miadhu e partyga e size neikan fennan eba oi. Veemaa komme ves eh gothakah coalition hadhan nuvatha nuhadhaan nimman eba jehey.Dhigu dhammaane vagutheh nei
— Ibrahim Shareef (@AdduShareef) March 19, 2023
އޭނަ ވިދާޅުވީ އެމްއާރްއެމުން ކޮންމެހެން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ދިގުކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެ ވާހަކަ ބުނެފައި ކޯލިޝަނުން ވަކިވީމަ ނިމުނީ." މަވޯޓާ ވިދާޅުވި އެވެ.
ރައީސާއި މައުމޫނުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ ދެ ފަރާތުން ޓީމުތަކެއް ނަގައިގެން ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށެވެ.
MRM in ves maa haasaru dhigu kuraane kameh nei. MDP aa eku coalition hadhan beynun nethiyyaa e vaahaka bunefa coalition in vaki veemaa nimunee
— Ibrahim Shareef (@AdduShareef) March 19, 2023
ސަރުކާރުގެ މިހާރުގެ ކޯލިޝަން ބައިވެރިންގެ ތެރެއިން އެމްޑީޕީއާ އެކީ ކޯލިޝަން އާކުރަން އަދި ނިންމީ އަދާލަތު އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ނަހަދައި، ވަކިން އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. މި ފަހަރު އެމްޑީޕީއާ އެކީ އަލަށް ކޯލިޝަން ހަދަން ނިންމީ އެމްޑީއޭއިންނެވެ.