Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ބުރާސްފަތިން ފެށިގެން ޒަކާތް ބަލައިގަންނާނެ

މި އަހަރުގެ ފިތުރު ޒަކާތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ޒަކާތުގެ ނިސާބު ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ފިތުރު ޒަކާތުގެ ނިސާބު

– އާދައިގެ ހަނޑޫ: 12ރ.

– ތައިލެންޑު ހުދު ހަނޑޫ: 84ރ.

– ރަތް ހަނޑޫ: 99ރ.

– އާދައިގެ ބާސްމަތީ ހަނޑޫ: 84ރ.

– މޮޅު ބަސްމަތީ ހަނޑޫ: 100ރ.

– އެންމެ މޮޅު ބާސްމަތީ: 125ރ.

– އާދައިގެ ފުށް: 12ރ.

– އާޓާ ފުށް: 75ރ.

އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަންތަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ އިތުރުން ބެންކު އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް މި މަހުގެ 26 އިން ފެށިގެން އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ދެއްކޭނެ އިންޒާމު ހަމަޖައްސާފައި ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް މިނިސްޓްރީން ޒަކާތް ބަލައިގަންނާނެ އެވެ.

ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.