އިދިކޮޅު ޕީޕީއެމް ޕީއެންސީން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ.
ޕީޕީއެމް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިރޭގެ މުޒާހަރާއިން 20 މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.
މިރޭގެ މުޒާހަރާއިން ގިނަ ބަޔަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިމިވަނީ މިރޭގެ މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއަޅާފައި ވަނިކޮށެވެ.
ކޮންމެ ރެއަކުވެސް ޕީޕީއެމްގެ މުޒާހަރާ މާލޭގައި ކުރިއަށް ގެންދާއިރު މި މުޒާހަރާގެ ތެރެއިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
މިރޭ ހައްޔަރުކުރި މީހުންގެ ސީދާ އަދަދެއް ފުލުހުންގެ އަދި ހާމަކޮށްފައެއް ނުވެއެވެ.