Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

މާމެންދޫ ދަރިވަރުންނަށް ފަތަން ދަސްކޮށް ދީފި

ގއ. މާމެންދޫ ސްކޫލުގެ ދަރިވަރުންނަށް ސިފައިން ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގައިފި އެވެ.

މިދިޔަ މަހުގެ 15 އިން މި މަހުގެ 15 އަށް ކުރިއަށް ގެން ޕްރޮގްރާމުގައި އެ ސްކޫލް ދަރިވަރުންނާއި ޓީޗަރުން ހިމެނޭހެން ޖުމްލަ 105 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އެ ސްކޫލުގެ ދެ ޖިންސުގެ ދަރިވަރުންގެ އިތުރުން ހަ ޓީޗަރުންނާއި އަށް ބެލެނިވެރިންވެސް ހިމެނެއެވެ. މާމެންދޫ ޖެޓީ ސަރަހައްދުގައި ކުރިއަށްގެން ދިޔަ ފަތަން ދަސްކޮށް ޕްރޮގްރާމުގެ ބައެއް ބައިވެރިން 25 މީޓަރުގެ ފެތުން ފުރިހަމަކުރި އިރު ދެން ތިބި ބައިވެރިން ވަނީ 50 މީޓަރުގެ ފެތުން ފުރިހަމަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނެވެ.

ޕްރޮގްރާމް ނިންމާލައި މިހާރު ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފަ އެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިނާޔަތެވެ.