Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ކިރަން އަށް ކޮވިޑް ޖެހިއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން ކިރަން ކޭރަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ކިރަން ކުރި ޓްވީޓެއްގައި ކޮވިޑަށް ޕޮޒިޓިވް ވާހަކަ ހިއްސާކޮށް ވަނީ އޭނައާ ކޮންޓެކްޓްވި މީހުން ބައްޔަށް ޓެސްޓްކުރަން ވެސް އެދިފަ އެވެ. އުމުރުން 70 އަހަރުގެ ކިރަން އަކީ 2021 ގައި ލޭގެ ކެންސަރަށް ވެސް ފަރުވާ ހޯދި މީހެކެވެ.

ފިލްމުތަކާއި ޑްރާމާތަކުގައި ސަޕޯޓިން ރޯލުތަކުން ފެންނަ ކިރަން އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރަކެވެ. އަދި އޭނަ ނިސްބަތްވަނީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށެވެ.