Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރައީސްގެ މޮޓޯކޭޑް ހުއްޓުވި 4 މީހަކު ހައްޔަރު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅާފައި-

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިންވަނީ ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 4 ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރޭގެ މުޒާހަރާގެ ތެރެއިން 8 ފިރިހެނަކާއި 9 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.