Last Updated: May 8, 20:35
Wednesday, May 8, 2024
ދުނިޔެ

މާޑޮކް 92 އަހަރުގައި ކައިވެނި ކުރަނީ

އޮސްޓްރޭލިއާގެ މަޝްހޫރު މީޑިއާ މަހުޖަނު ރުޕަޓް މާޑޮކް އުމުރުން 92 އަހަރުގައި އިތުރު ކައިވެންޏަަކަށް ތައްޔާރުވާން ފަށައިފި އެވެ.

ނިއު ޔޯކް ޕޯސްޓްގައި އިއްޔެ ގެނެސްދިން ލިޔުމެއްގައި މިކަން އިއުލާންކޮށްފައިވާ އިރު، މާޑޮކް ވަނީ އޭނަ އާއި އޭން ލެސްލީ ސުމިތު، 66، އެންގޭޖްވެފައިވާކަން ވެސް ކަށަވަރުކޮށް ދީފަ އެވެ. މާޑޮކް ބުނި ގޮތުގައި އާ ލޯބިވެެރިޔާއާ ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ގުޅުމާ މެދު ފުރަތަމަ "ވަރަށް ނާވަސްވި" ނަމަވެސް މިހާރު ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ. އަދި ދެ މީހުން ވެސް ތިބީ ކައިވެނިކޮށް ހަޔާތުގެ އާ ދަތުރަށް ތައްޔާރަށް ކަމަށް ބުންޏެވެ

ނަމަވެސް ކައިވެނި ކުރާނެ އިރެއް ހާމައެއް ނުކުރެ އެވެ.

ލެސްލީއާ ކުރާ ކައިވެނި ވާނީ ހަ ދަރިންނާއި ކާފަދަރިންތަކެއް ވެސް ތިބި މާޑޮކްގެ ފަސް ވަނަ ކައިވެންޏަށެވެ. އޭނަގެ ތިބެނީ ދެ ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންނެވެ. މާޑޮކްގެ އެންމެ ދޮށީ ދަރިފުޅަށް 65 އަހަރެވެ. އަދި ހަގު ދަރިފުޅަށް 20 އަހަރެވެ.

މާޑޮކް އެންމެ ފަހުން ކައިވެނިކުރީ 2016 ގައި ކުރީގެ މޮޑެލް ޖެރީ ހޯލްއާ އެވެ. އެ ކައިވެނި ރޫޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މާޑޮކްގެ އާ ބައިވެރިޔާ އަކީ ހުވަފަތް އަންހެނެކެވެ. ލެސްލީގެ ފިރިމީހާ ކުރީގެ ކަންޓްރީ ލަވަކިޔުންތެރިޔާ ޗެސްޓާ ސުމިތު މަރުވީ 2008 ގަ އެވެ.