މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަން އިއުލާނު ކޮށްފައިވަނީ ކ. މާލެ / ހ. ކޯލީފްލާވަރ، 46 އަހަރުގެ އަޙްމަދު ނާޝިދުއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ މިހާރު ފެނިފައިވާ ކަމަށެވެ.
ނާޝީދު ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރީ މިއަދުއެވެ. ފުލުހުން ބުނެފައިވަނީ 2023 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މާރިޗު 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.