Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

މެޗުތަކުގެ ތެރެއިން ރޯދަ ވީއްލަން ފުރުސަތު ދެނީ

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ތެރެއިން ރޯދަ ވީއްލަން މުސްލިމް ކުޅުންތެރިންނަށް ފުރުސަތު ދޭން ނިންމައިފި އެވެ.

ރޯދަ މަސް މާދަމާ ފެށޭއިރު ޕްރިމިއާ ލީގު މިވަގުތު ވަނީ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލާފަ އެވެ. ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ވަނީ މެޗު އޮފިޝަލުންނަށް މެޗުތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލަން ބްރޭކެއް ދިނުމަށް އަންގާފަ އެވެ. އަދި މެޗުތައް ފެށުމުގެ ކުރިން އެފަދަ ބްރޭކެއް ބޭނުންވާ ކުޅުންތެރިންގެ ލިސްޓެއް ކްލަބްތައް މެދުވެރިކޮށް ހޯދަން ވެސް އޮފިޝަލުންނަށް ވަނީ އަންގާފަ އެވެ.

ޕްރިމިއާ ލީގުގައި މުސްލިމް ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދެ އެވެ. އޭގެތެރޭގައި ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޗެލްސީގެ އެންގޯލޯ ކަންޓޭ، ވެސްލީ ފޮފާނާ އަދި މެންޗެސްޓާ ސިޓީގެ ރިޔާދް މަހްރޭޒް އާއި އިލްކާއި ގުންޑޮގާން ހިމެނެ އެވެ.

މިދިޔަ ސީޒަނުގެ ރޯދަ މަހު ޕްރިމިއާ ލީގުގެ މެޗުތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިން ރޯދަ ވީއްލަން ފުރުސަތު ދީފައިވަނީ ޓީމުތަކުގެ ކެޕްޓަނުން ރެފްރީ ގާތުގައި އެކަމަށް އެދިގެންނެވެ.