Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އަޑުން އިތުރު ލަވައެއް

ކުރިން ވެސް ލަވަތަކެއް ކިޔާފައިވާ ސަލްމާން ޚާންގެ އަޑުން އާ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ލަވަ އަކީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްލުރަން ހަމަޖެހިފައިވާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ "ޖީ ރަހޭ ހަމް" އެވެ. މަޑުމައިތިރި މި ލޯބީގެ ސޯލޯ ލަވަ ސަލްމާން ކިޔާފައިވާ އިރު، ލަވައިގެ މިއުޒިކް ހެދީ އަމާލް މާލިކެވެ. އަދި ލަވައިގެ ޅެން ލިޔުނީ ޝައްބީރް އަހުމަދެވެ.

ކުޅުނު ބައެއް ފިލްމުތަކާއި ޕްރޮޑިއުސްކުރި ބައެއް ފިލްމުތަކުގެ އިތުރުން ސަލްމާން އަޑުން ކިޔައި ވީޑިއޯ ލަވަތަކެއް ވެސް ނެރެފައިވެ އެވެ.

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. މި ފިލްމަކީ 2014 ގެ ތަމަޅަ އެކްޝަން ޑްރާމާ "ވީރަމް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ސަލްމާންގެ ފިލްމުގެ ކާސްޓްގައި ޕޫޖާ ހެގްޅޭ، ޖައްސީ ގިލް، ޝެހެނާޒް ގިލް (ސަނާ) ރާގަވް ޖުޔަލް، ސިދާތު ނިގާމް، ބޫމިކާ ޗާވްލާ، ބަގިޔާޝްރީ، އަބިމަންޔޫ ސިންގް، ޖަގަޕަތީ ބާބޫ، ޕަލަކް ތިވާރީ އަދި އަމްރިތާ ޕޫރީ ހިމެނެ އެވެ.