Last Updated: March 28, 18:00
Thursday, March 28, 2024
ދުނިޔެ

ޕާކިސްތާނަށް ބިންހެލުމެއް، ބަޔަކު މަރު

ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި ބަޔަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ރޭގެ ވަގުތެއްގައި ރިކްޓާ މިންގަނޑުން 6.5 ބާރުގައި އައި ބިންހެލުން އައީ އުތުރު ޕާކިސްތާނުގެ ޖުރުމް އަށް ކަމަށެވެ. މި ބިންހެލުމުގެ އަސަރު އަވައްޓެރި އިންޑިއާއި އަފްގާނިސްތާނަށް ވެސް ކުރި އެވެ.

ރަސްމީ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ބިންހެލުމުގައި މިހާތަނަށް ދެ މީހަކު މަރުވެފައިވެ އެވެ. ބިންހެލުމާ ގުޅިގެން ގޭގެ ފާރުވެއްޓި، އޭގެ ދަށުގައި ތާށިވެގެން މަރުވީ 10 އަހަރުގެ އަންހެން ކުއްޖަކާއި 24 އަހަރުގެ ފިރިހެނެކެވެ. އަދި ބިންހެލުމާ ގުޅިގެން ޒަަހަމްވި އިތުރު ބަޔަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ބިންހެލުން އައި ސަރަހައްދުގެ 20 އިމާރާތަކަށް މިހާތަނަށް ގެއްލުންވެފައިވާ އިރު، ޖުރުމް ސަރަހައްދުގައި މިހާރު އަންނަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

މި ފަހުގެ ތާރީހެއްގައި އައި އެންމެ ވަރުގަދަ ބިންހެލުމަކީ މިދިޔަ މަހުގެ ކުރީކޮޅު ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުންތަކެވެ. އެ ބިންހެލުންތުގައި 50،000 އަށް އަރަ އެވެ. އަދި އެންމެ ގިނަ މީހުން މަރުވީ ތުރުކީންނެވެ.