މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ހަތް ދާއިރާއަކުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.
ސްކޮލަރޝިޕްތައް ދިން ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާރ އޮފް ޓީޗިން ސެކަންޑަރީ (މެތަމެޓިކްސް އެންޑް ފިޒިކްސް)، ބެޗްލާ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން، ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން، މާސްޓާރސް އޮފް އާރޓްސް އިން ސޯޝިއަލް ޕޮލިސީ، އެޑްވާންސް ޑިޕްލޮމާ އިން ނާސިން، މާސްޓާރސް އޮފް ލޯ، މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެވެ.
އެމްއެންޔޫ އިން ތިން ސްކޮލާޝިޕެއް ތައާރަފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕާއި، ޔުނިވާސިޓީގެ ފުލް ސްކޮލަޝިޕުގެ އިތުރުން ޝަހީދު އެވޯޑެވެ.
މި އަހަރުގެ ފުރަތަމަ ޓާރމްގައި އަލަށް ތައާރަފުކުރި ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕާއި އެ ޔުނިވާރސިޓިގެ ފުލް ސްކޮލާޝިޕު އަދި އަންޑަރގްރެޖުއޭޓް ފުލް ސްކޮލާޝިޕްގެ 24 ފުރުސަތު ހުޅުވާލި އެވެ. ކަމަށެވެ. އެއީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕްގެ 20 ފުރުސަތާއި އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތާއި، ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތެވެ.
މީގެ ތެރެއިން ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕައް އެދި 69 ދަރިވަރަކު ވަނީ ހުށަހެޅި އެވެ. އަންޑަގްރެޖުއޭޓް ފުލް ސްކޮލާޝިޕަށް އެދި 48 ދަރިވަރަކު ހުށަހެޅި އިރު ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕް 24 ދަރިވަރަކު އަދި ޝަހީދު އެވޯޑަށް ހުޅުވާލި ހަތަރު ފުރުސަތައް އެދި ހަ ދަރިވަރަކު ހުށަހެޅި އެވެ.
ގައުމީ ޔުނިވަސިޓީން ބުނީ ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަން ދިނީ އަންޑަގްރެޖުއޭޓް ސްކޮލަޝިޕް ނަމަ ސާނަވީ އަދި މަތީ ސާވަނީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ. އަދި ޝަހީދު އެވޯޑު ދިނުމުގައި އިސްކަން ދިނީ އެ ދަރިވަރަކު ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ކޯހުގެ ފުރަތަމަ ސެމިސްޓާގެ އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނެވެ.