Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

މަސްތުވާތަކެތި އައްޑު އަށް އެތެރެކޮށްގެން ހައްޔަރު

ވައިގެމަގުން އައްޑުއަށް އެތެރެކުރި ކޮކެއިން - ފޮޓޯ: ހިތަދޫ ޕޮލިސް ސްޓޭޝަން

މަގުމަތީގެ އަގު، 700،000ރ. އަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އައްޑު އަށް ވައިގެ މަގުން އެތެރެ ކުރި މީހަކު ފުލުހުން އަތުލައިގެންފި އެވެ.

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި އެ މީހާ އަތުލައިގެންފައި ވަނީ މިއަދު 12:30 ހާއިރު އެވެ.

މިއަދު މެންދުރު މާލެއިން ގަމަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓުން މަސްތުވާ ތަކެއްޗާ އެކު އަތުލައިގެންފައިވަނީ 23 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ އޭނާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ދެ ފައިގެ ދެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެންނެވެ.

މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.