Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"ޝެހެންޝާ" ޖެކެޓް ފޭނަކަށް ހަދިޔާކޮށްފި

މީގެ 35 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝެހެންޝާ" ގައި އޭނަ ބޭނުންކުރި އައިކޮނިކް ޖެކެޓް ސައޫދީ އަރަބިއްޔާގެ ފޭނަކަށް ހަދިޔާކޮށްފި އެވެ.

އަމީތާބްގެ ޖެކެޓް ހަދިޔާއަކަށް ލިބުނު ތުރުކީ އަލާކްޝިކް ކިޔާ މީހާ އެ ލިބުނު ވާހަކަ ހިއްސާކޮށް، އަމީތާބަށް ތައުރީފުކޮށް ޓްވީޓް ވެސް ކޮށްފައިވެ އެވެ. އެގޮތުން އަމީތާބަކީ ހަމައެކަނި އިންޑިއާގައި މޮޅު އެކްޓަރެއް ނޫން ކަމަށާއި އޭނަ އަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ފާހަގަކޮށްލެވޭ އެކްޓަރެއް ކަމަށް ބުނެފައިވެ އެވެ.

ފޭނުގެ އެ ޓްވީޓްގެ ރައްދުގައި އަމީތާބް ކުރި ޓްވީޓެއްގައި ވަނީ އެ ފޭނަކީ އޭނަގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ދެކޭ މީހެއް ކަމަށާއި ހަދިޔާ ރައްދުވީތީ ވަރަށް އުފާވާ ކަމަށް ބުނެފައިވެ އެވެ. ސައުދީގެ ފޭނަކަށް އަމީތާބްގެ "ޝެހެންޝާ" ގެ ފިލްމުގެ ކޮސްޓިއުމެއްގެ ގޮތުގައި ބޭނުންކުރި މަޝްހޫރު ޖެކެޓް ހަދިޔާކުރި އިރު، މިދިޔަ ޖެނުއަރީގައި ސައުދީގެ ޖޯއި އެވޯޑްސްގައި އަމީތާބަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދީފައިވެ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަމީތާބް، 80، ގެ "ޝެހެންޝާ" އަކީ ޓީނޫ އާނަންދު ޑައިރެކްޓްކޮށް 1988 ގައި ގެނެސްދިން ފިލްމެކެވެ. އޭގެ ބަތަލާ އަކީ މީނާކްޝީ ޝެޝަދުރީ އެވެ.