Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

ޔުކްރޭނަށް އައިއެމްއެފުން 15 ބިލިއަންގެ ލޯނެއް

ހަނގުރާމައެއްގެ ތެރޭގައި އޮތް ޔުކްރޭނަށް، އިންޓަނޭޝަނަލް މަނިޓަރީ (ފަންޑް އައިއެމްއެފް) އިން 15.6 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

މި ލޯނާ ގުޅޭ މަޝްވަރާތަކެއް ވެސް ސްޓާފް ލެވެލްގައި ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ލޯން އެޕްރޫވްވާނެ ކަމަށް އައިއެމްއެފުން ބުންޏެވެ. މިއީ ހަނގުރާމައެއްގެ ތެރޭގައި އޮތްވައި ގައުމަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ އިން ލޯނެއްދޭ ފުރަތަމަ ފަހަރެވެ. އަދި މިއީ މިދިޔަ އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެ ގައުމަށް މާލީ ގޮތުން ލިބޭނެ އެންމެ ބޮޑު އެހީ ވެސް މެ އެވެ.

ޔުކްރޭނަށް މާލީ އެހީ ދޭން ނިންމުމާ ގުޅޭ ގޮތުން އައިއެމްއެފުން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާ އިން އެ ގައުމާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އިގުސާދީ ގޮތުން ޔުކްރޭން ވަރަށް ބޮޑަށް ހަލާކުވެ، އެ ގައުމު ވަރަށް ބޮޑަށް ފަގީރުވަމުންދާ ކަމަށެވެ. އެހެންވެ މާލީ ގޮތުން ޔުކްރޭނަށް ދެވޭ އެހީ އަކީ އެ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، އާންމު ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅުކޮށް ދޭން ދެވޭ އެހީއެއް ކަމަށް އައިއެމްއެފުން ބުންޏެވެ.

އެތަނުން ދޭން ނިންމި މާލީ އެހީއާ ބެހޭ ގޮތުން ޔުކްރޭންގެ ބޮޑުވަޒީރު ޑެނީސް ޝީމްހާލް ވިދާޅުވީ އެ އެހީ ބޭނުން ކުރަނީ ޔުކްރޭނަށް މި ވަގުތު މާލީ އެހީތެރިކަން އެންމެ ބޭނުންވާ ދާއިރާތަކަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.