Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ގައިސް އެޗްޑީސީގެ ޑީއެމްޑީއަކަށް

އަހުމަދު ގައިސް

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އައްޔަނުކޮށްފިއެވެ.

ގައިސް އެޗްޑީސީގެ ޑީއެމްޑީއަކަށް ހަމަޖެއްސިކަން އެޗްޑީސީން ވަނީ ކަށަވަރުކޮށްދީފައެވެ.

އެޗްޑީސީގެ ޑީއެމްޑީކަމަށް ހަމަޖެއްސެވި ގައިސް ބްރޯޑުކާސްޓިން ކަމިޝަނުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ ރައީސް ސޯލިހުއަށް އެމްޑީޕީ ޓިކެޓު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ.

އެޗްޑީސީގެ ޑީއެމްޑީ މަގާމު އެންމެ ފަހުން ފުރުއްވީ މިހާރުގެ އެމްޑީ އަހުމަދު އާތިފްއެވެ. އާތިފް އެޗްޑީސީ އެމްޑީކަމަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.