ކާށީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން ރާއްޖެއަށް ކާށި ގެންނަން ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ބާޒާރުގަ ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ގަ ރާއްޖެ ވަންނާނެ ކަމަށެވެ.
މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ބާޒާރުގަ ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ގަ ރާއްޖެ ވަންނާނެ.
މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން.— Amr 🎈 (@HusenAmr) March 22, 2023
އެސްޓީއޯ އިން ވަނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ ލުނބޯ އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.
މީގެއިތުރުން އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް ވެސް ވަނީ އިތުރަށް ހެޔޮކޮށްފަ އެވެ.
އެސްޓީއޯ އިން ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.
ރީޓެއިލްކޮށް އެސްޓީއޯ އިން އަލުވި ކިލޯއެއް 11ރ. އަށް މިހާރު ވިއްކާއިރު ފިޔާ ކިލޯއެއް 9ރ. އަށް އަދި ބިހެއް ވިއްކަމުން އަންނަނީ 1.75ރ. އަށެވެ.