Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހުޅުމާލޭ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ހުޅުމާލެ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ.

އެތަނުގެ ބިންގާ އަޅަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މި މަޝްރޫއަކީ އޭނަގެ މިނިސްޓަރުކަމުގައި ކުޅިވަރަށް ކޮށްދެވުނު އެންމެ ހިތްހަމަޖެހުން ލިބިގެން ދިޔަ އެއް މަޝްރޫއު ކަމަށެވެ.

މަހުލޫފް ވިދާޅުވީ 250 މިލިއަން ހަރަދުކޮށްގެން ގާއިމު ކުރާ ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގައި ޓެނިސް އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ކުޅުންތެރިން އުފެދިގެން ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ކޮމްޕްލެކްސް އަކީ ބައިނަލްއަގުވާމީ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރުގެ ތަނަކަށް ވާނެ މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަދާ ޓެނިސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޓައިން އިންޖިނޭރިން ޓެކްނޮލޮޖީއާ އެވެ. އެއީ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.